Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ހަށިވިއްކާ އިންޑިއާގެ އަންހެނަކު ޑީޕޯޓްކޮށްފި

ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރީ ކުރަމުން ދިޔަ ބިދޭސީ އަންހެނަކާއި އޭނާގެ އެޖެންޓް އަތުލައިގަނެ، އަންހެން މީހާ ޑީޕޯޓްކްކޮށްފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، އެ ދެ މީހުން އަތުލައުގަތީ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށްޓަކައި ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ ދެ މީހުންނަކީ އިންޑިއާ، ގީތާ ކުމަރަސާމީ، 39، އާއި އޭނަގެ އޭޖެންޓް ނޭޕާލް، ޗަތްރާ ބަހަދުރް ވާޖީ، 52. އެވެ.

އެ މައްސަލަ ތަހުގީގުކުރުމަށް ފަހު، އަންހެން ޑީޕޯޓްކޮށްފައިވާ އިރު، އޭނަގެ އެޖެންޓް ޑިޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިމިގްރޭޝަނުން ބުންޏެވެ.