Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

އައްޑޫގެ އިތުރު 4 އަވަށެއްގައި މާދަމާ ކަދުރު ބަހަނީ

ކަދުރު ބެހުން ކުރިއަށްދަނީ - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އައްޑޫ ފޭދު އާއި މަރަދޫފޭދު އާއި މަރަދޫގެ އިތުރުން ހުޅުދޫގައި މާދަމާ އިން ފެށިގެން ކަދުރު ބަހަން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ އެ އަވަށްތަކުގައި ކަދުރު ބަހާނީ އަވަށު އޮފީސްތަކުން ކަމަށެވެ. ކަދުރު ދޫކުރުން ކުރިއަށް ގެންދާނީ ކޮންމެ އަވަށެއްގައި ވެސް ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.

ކޮންމެ ގޭބިސީއަކަށް ވެސް ދޫކުރާ އެއް ޕެކެޓް ކަދުރެވެ. ކަދުރާ ހަވާލުވާން ދާ އިރު އައިޑީ ކާޑު ގެންދަން ޖެހޭނެ އެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން ހިތަދު އާއި މީދޫގައި މިއަދު ވަނީ ކަދުރު ދޫކުރަން ފަށައިފަ އެވެ.

ރޯދަ މަހާ ދިމާކޮށް ސައުދީ އަރަބިއްޔާ އިން މި އަހަރު ވެސް ރާއްޖެ 50 ޓަނުގެ ކަދުރު ނުވަތަ 25،000 ޕެކެޓް ކަދުރު ހަދިޔާކޮށްފައިވާ އިރު، ރާއްޖޭހެ ހުރިހާ ރަށެއްގައި ވެސް ކަދުރު ބަހާނެ އެވެ. އެ މަސައްކަތް މިހާރު ވަނީ ބައެެއް ހިސާބުތަކުގައި ނިންމާލައިފަ އެވެ.