Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ސްޓެލްކޯ އާއި ސިވެކްގެ އެއްބަސްވުމެއް

ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ އެވެ. ސިވެކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކާނަލް އަޙުމަދު ޒުބައިރު އެވެ.

ސްޓެލްކޯ އިން ބުނީ އެއްބަސްވުމުގެ ދަށުން ސިައިންގެ އެހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

އޭގެ ތެރޭގައި ލީޑަޝިޕް އެންހޭންސްމަންޓާއި ބޭސިކް ފަސްޓް އެއިޑާއި ފަޔަ އެވެއާނެސް އާއި އިންޑަސްޓްރިއަލް ފަޔަ ބްރިގޭޑާއި ސެކިއުރިޓީ އާއި ސުވިމިން އެންޑް ރެސްކިއު އަދި ލައިފް ކޯޗިން ފަދަ ޕްރޮގްރާމްތައް ހިމެނެ އެވެ.