މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަނބު ތިޔާގި ދުވަސްވަރެކެވެ. ރޯދަ މަސް ބޯމަތިވެފައިވާ ރޯ ދަމަހު އެންމެ ޑިމާންޑް ބޮޑު މޭވާއަކީވެސް ދޮން އަނބެވެ. ނަމަވެސް ރޯދަޔަށް އަނބު ދޮން ނުވިޔަސް އަނބު ބޭނުންކުރެވިދާނެ އެވެ. އަނބުގައި އަސާރަ ހަދާލުމުން ހާރުދަމާއި ތަރާވީސް ގަޑިތަކުގެ ކާނާއަށް އިތުރު ފުރިހަމަކަމެއް ގެނުވާ ނެއެވެ.
ރާއްޖޭގެ އެކި ހިސާބުގައި އަނބުއަސާރަ ތަފާތު ގޮތްގޮތަށް ތައްޔާރުކޮށް އުޅެެ އެވެ. އެހެންކަމުން މި ބަލާލަނީ އަނބު އަސާރަ ތައްޔާރުކޮށް ލެވިދާނެ ގޮތަކަށެވެ.
* ބޭނުންވާ ތަކެތި:
4 ޖޯޑު އަނބު (އޮށް ފެޅޭވަރުގެ އަނބު ފަޅިކޮށް، ދެ އިންޗި ހުންނަ ވަރަށް ކޮށާފައި)
2 ޖޯޑު ވިނިގާ
12 ލޮނުމެދު (ތުނިކޮށް ކޮށާފައި)
4 ޖޯޑު ފިޔާ (ކޮށާފައި)
4 ސަމުސާ އަސޭމިރުސް (މުގުރާފައި)
2 ގިތެޔޮ މިރުސް
8 އިންޗި އިނގުރު (ތުނިކޮށް ކޮށާފައި)
3 މ. ސަމްސާގެ ތެޔޮ
8 ހިކނދިފަތް
8 ތޮޅި މިރުސް
އިންޗި ހުންނަވަރުގެ ރާނބާފަތް ކޮޅެއް
ލޮނު (ރަހަލާވަރަށް)
ރީނދޫ
ކުކުޅު ހަވާދު
* ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ފަޅިކޮށް، ކޮށާފައި ހުރި އަނބުކޮޅު ހޫނުފެނަށް އަޅާފައި 15 މިނެޓް ވަންދެން ބަހައްޓާލާށެވެ. އެއަށް ފަހު އަނބުކޮޅު ފެނުންނަގާ، އަވިލާ ހިއްކާ ލާށެވެ.
ތެއްޔަކަށް ނުވަތަ ތަވަޔަކަށް ތެޔޮފޮދެއް ޖަހާލައޮ، ތެޔޮފޮދު ހޫނުވުމުން، ފިޔާކޮޅާ އެކު ހިކަނދިފަތް ރާނބާފަތް އަޅާ މޯޅިވަންދެން ހަނާކޮށްލާށެވެ. އެއަށް ފަހު ބާކީ ހުރި ހަވާދުގެ ބާވަތްތައް އަޅާ ފިޔާގަނޑު ރަގަޅަށް މީރުކޮށްލާށެވެ. ދެން ވިނިގާ އާއި ލޮނު އެޅުމަށް ފަހު، އަނބުކޮޅު އަޅާލައި، އެއްކޮށްލާށެވެ.
އެއަށް ފަހު އުދުންމަތިން ބާލާށެވެ. ދެން ހިހޫވުމުން މަތި ބަންދު ކުރެވޭ އެއްޗަކަށް އަޅާފައި އަވީގައި ދެ ދުވަސް ވަންދެން ބަހައްޓާށެވެ.
މައުލޫމާތު: ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ