Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

ބަންގި މުބާރާތުގެ އޮޑިޝަން ފަށައިފި

ރީތިކޮށް ބަންގިދޭ ޒުވާނުން އުފައްދަން އަމާޒުކޮށްގެން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ "ނޫރުލް އަޒާން" މުބާރާތުގެ އޮޑިޝަން ފަށައިފި އެވެ.

އޮޑިޝަން ކުރިޔަށް ދަނީ އިސްލާމީ މަރުކަޒުގަ އެވެ.

"ނޫރުލް އަޒާން" މުބާރާތަކީ އުމުރުން 15-20 އަހަރާއި ދެމެދުގެ ޒުވާނުންނަށް ހާއްސަކުރި މުބާރާތެކެވެ. މިނިސްޓްރީން ބުނީ މުބާރާތުގައި ބައިވެރިވާން ހުޅުވައިލުމުން 40 ފަރާތަކުން އެޕްލައި ކުރި ކަމަށެވެ. އަދި އޮޑިޝަން ކުރިއަށް އޭގެ ތެރެއިން ޝަރުތި ހަމަވާ 30 ބައިވެރިޔަކާ އެކީގަ އެވެ.

މި ބަންގި މަގުސަދަކީ ރީތި ރާގުތަކަށް ސައްހަ މަގުން ހުނަރުވެރިކަމާ އެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމާއި ޒުވާނުންނާއި ކުދިބޮޑު އެންމެންގެ ހިތްތަކުގައި އެކަމަށް ޝައުގުވެރިކަން އުފެއްދުން ކަމުގައި މިނިސްޓްރީން ބުނެ އެވެ. އަދި މިއީ ގައުމުގެ އިސްލާމީ ޝަހިސިއްޔަތު ވަރުގަދަ ކުރުމާއި. ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުމާއި، އެ ފަންނުގެ ރޫހު އާލާކޮށް ދިރުވައި ކުރިއެރުވުމަށް ވެސް ހާއްސަކޮށްގެެން ބާއްވާ މުބާރާތެކެވެ.

މިނިސްޓްރީން ބުނީ ރޯދަ މަހުގެ ތެރޭގައި ކުރިއަށް ގެންދަން ނިންމާފައިވާ މުބާރާތަށް ފަހު، ބައިވެރިންނަށް މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ބަންގި ގޮވުމުގެ ފުރުސަތު ދޭނެ ކަމަށެވެ.