ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭން ނިންމި މަސްދަޅު ކޭހުގެ ތެރެއިން އައްޑު އަށް ބަހަން ނިންމާފައިވާ މަސްދަޅު ކޭސްތައް ގެނެސްފި އެވެ.
އަތޮޅުތެރެއަށް މަސްދަޅު ފޮނުވަނީ އެސްޓީއޯ މެދުވެެރިކޮށެވެ. އަދި އަތޮޅުތަކުގައި މަސްދަޅު ކޭސް ބަހަން ހަމަޖެހިފައި ވަނީ ކައުންސިލްތައް މެދުވެރިކޮށެވެ. އައްޑު އަށް ގެނައި މަސްދަޅު ކޭސްތައް ބަހަން ނިންމާފައި ވަނީ އަންނަ ހަފުތާގެ ތެރޭގަ އެވެ. އެގޮތުން ކޮންމެ ގޭބިސީއަކަށް 180 ގްރާމް 48 ދަޅު ހިމެނޭ މަސް ކޭހެއް ހަދިޔާކުރާނެ އެވެ.
އައްޑޫގައި މަސްދަޅު ކޭސް ބެހުމުގެ ކަންކަން ކުރިއަށް ދާނެ ގޮތް ކައުންސިލުން ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.
އައްޑޫގައި މިހާރު އަންނަނީ ރޯދައާ ދިމާކޮށް ސައުދީ އަރަބިއްޔާ އިން ހަދިޔާކުރި ކަދުރު ވެސް ބަހަމުންނެވެ. ކަދުރު ދޫކުރަނީ ކޮންމެ ގެއަކަށް ޕެކެޓެއްގެ މަގުންނެވެ.