މާލޭ ސިޓީ ކައުންސިލްގެ އާ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި އެވެ.
ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްއި އެތަނުގެ ބިންގާ އަޅުއްވައި ދެއްވީ މޭޔަރު އާދަމް އާޒިމާއި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.
މޭޔަރު އާޒިމް ވިދާޅުވީ ކައުންސިލްގެ އަމިއްލަ އޮފީސް އިމާރާތެއް ހުރުމަކީ އެ ކައުންސިލުން ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން މަސައްކަތްތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.
"މާލޭ ސިޓީ ކައުންސިލްގެ އަމިއްލަ އިމާރާތެއް ހުރުމަކީ އަބަދުވެސް ދެކޭ ހުވަފެނެއް. ކުރެވޭ ބޮޑު އުންމީދެއް. މިއަދު ކައުންސިލްގެ މުވައްޒަފުން ތިބެން ޖެހިފައި މިވަނީ އެކި ތަންތަނުގައި. އެކަމުގެ ސަބަބުން ޚިދުމަތްތައް ދިނުމުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވޭ،"އޭނަ ވިދާޅުވި އެވެ. "އެހެން ނަމަވެސް އާ އިމާރާތް ނިމި އެތަނުގައި މަސައްކަތް ފެށުމުން މިކަންކަމަށް ހައްލެއް ލިބިގެން ދާނެ."