Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ކޯރާޑިން ހަމަލާ ދިން މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ހުޅުމާލޭގައި ކޯރާޑީއަކުން މީހަކަށް ހަމަލާ ދިން މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަކީ ގދ. ފިޔޯރީ، ހީނާމާގޭ، ރުސްތުމް އިބްރާހިމް، ހީނާމާގެ، 25 އާއި ބ. ގޮއިދޫ، ފިނިފެންމާގޭ، ސައިފްﷲ ފައިޞަލް، 19 އެވެ.

ފުލުހުން އެ ދެ މީހުން އަތުލައިގަތީ ހުޅުމާލޭގެ ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ހަމަލާދީފައި ފިލަން މާލެ ދަނިކޮށް ހައިވޭއިންނެވެ.

ދެ މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ރުސްތުމް 3 ދުވަހަށް އަދި މައްސަލަ ނިމެންދެން ސައިފްﷲ ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން މިދިޔަ ހޯމަ ދުވަހު ބުންޏެވެ.

ނަމަވެސް މިއަދު ފުލުހުން ބުނީ ރުސްތުމްގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ކޯރާޑީން ޒަހަމްކުރި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވެ އެވެ.