Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

މަޖިލީހުގެ މި ދައުރު ކުރު ކުރަން އިސްލާހެއް

ކުރިއަށް ރޯދަ މަސް އޮތުމަ އެކު މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ކުރުކޮށްލަން އިސްލާހެއް ހުށަހަޅައފި އެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުﷲ ރިފާއު އެވެ.

އިސްލާހުގައި ވާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ކުރިއަށް ދާނީ ޖެނުއަރީ 1 އިން އެ މަހުގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު އޭޕްރިލް 1 އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާ އިރު ތިންވަނަ ދައުރު ކުރިއަށް ދާނީ ސެޕްޓެމްބަރު 1 އިން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް ބުނެފައިވެ އެވެ.

ރިފާޢު ފާހަގަކުރައްވާފައިވާ ގޮތުގައި ފުރަތަމަ ދައުރު ޖެނުއަރީގެ ނިޔަލަށް ހިނގާނެ ކަމަށް ބަޔާންކޮށްފައި އޮތަސް މި އަހަރުގެ މިހާރު ހިނގަމުންދާ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ނިޔަލަށް ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށީ މި މަހުގެ 6 ގަ އެވެ.

މަޖިލީހުގެ ގަވާއިދުގައި މިހާރު އޮންނަ ގޮތުން އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ ފެބްރުއަރީ 1 އިން ދުވަހުން ފެށިގެން މެއި 15 އަށެވެ. އަދި ދެވަނަ ދައުރު ޖޫން 1 އޮގަސްޓުގެ ނިޔަލަށް ކުރިއަށްދާ އިރު ތިންވަނަ ދައުރު ކުރިއަށް ދާނީ އޮކްޓޯބަރު 1 ނޮވެމްބަރު މަހުގެ ނިޔަލަށެވެ.