Last Updated: March 12, 21:58
Wednesday, March 12, 2025
ޚަބަރު

މެޒޯ މުހައްމަދު ނިޔާވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ) ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެޒޯ މުހައްމަދު ނިޔާވީ ސިއްހީ ހާލަތު ގޯސްވެ، އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.

މެޒޯ މުޙަންމަދު، 60، މިޔުޒިކްގެ ދާއިރާއަށް ފުރަތަމަ ނިކުތީ 1977 ވަނަ އަހަރު ކްލަބް ކޯބްރާސްއިންނެވެ. ރާއްޖޭގެ މިޔުޒިކްގެ ދާއިރާއަށް އޭނާ ވަނީ ފާހަގަކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދީފަ އެވެ. އެގޮތުން ދިވެހި އަމިއްލަ އުފެއްދުންތަކަށް ދިވެހިންގެ ޝައުޤުވެރިކަން އުފެދެމުން އައި ދުވަސްވަރެއްގައި، އޭނާގެ އަމިއްލަ އުފެއްދުންތަކެއް އުފައްދައި، އެފަދަ އުފެއްދުންތަކުގެ މަޤްބޫލުކަން ޢާންމުންގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވެ އެވެ.

އެގޮތުން މެޒޯ މުހައްމަދުގެ އަމިއްލަ ދިވެހި ލަވަތަކުގެ ތެރެއިން ޚާއްޞަގޮތެއްގައި ފާހަގަކުރެވޭ ލަވަތަކުގެ ތެރޭގައި "ކަމަނަ ގޯތީ އާދަނުތާ"، "ވެއްޖެ ކަމަކާ ހައްޖާ ހަމައޭ"، "،ޖިސްމު"، "ރޯނުއެދުރު"، "އެޅި މިކަނޑުމަތި"، "މާލިއަރާނޭ މާލިއަރާނޭ"، "އަކިރި ދެމޭ" ފަދަ ލަވަތައް ހިމެނެއެވެ.

އޭގެފަހުން މަޝްހޫރުވި ލަވަތަކުގެ ތެރޭގައި "އުޑުން ތަރިތައް"، "ވިސްނާ ވިސްނާ" އަދި "ދާނެހޭ ތިހަނދާން ފިލާ" ފަދަ ލަވަތައް ހިމެނެ އެވެ.

މެޒޯ މުހައްމަދިގެ މިޔުޒިކް ބޭންޑް "މެޒޯ ބޭންޑް" އަކީ ރާއްޖެއިން ބޭރުގަ އިވެސް މަޝްހޫރު މިޔުޒިކް ބޭންޑެކެވެ. އައިޓީބީ ބާލިންން ޓޫރިޒަމް ފެއާގައި ވެސް އެ ބޭންޑް ތިންފަހަރަށް ރާއްޖެ ތަމްސީލުކޮށް ދީފައިވެ އެވެ.

މިޔުޒިކްގެ ދާއިރާގައި 33 އަހަރަށްވުރެ ދިގު މުއްދަތެއް މެޒޯ މުހައްމަދު ހޭދަކުރެއްވި އިރު، އޭނަ އަށް ވަނީ 2010 ވަނަ އަހަރު މިއުޒިކްގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިފަ އެވެ.

މެޒޯ މުހައްމަދަކީ ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ ބައްޕަ އެވެ.