Last Updated: April 21, 09:53
Monday, April 21, 2025
ޚަބަރު

އެމްއެމްސީގެ ދެ މެންބަރެއްގެ މަގާމަށް ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އާންމު މެންބަރެއްގެ މަޤާމާއި މީޑިއާތައް ތަމްސީލުކުރާ މެންބަރެއްގެ މަޤާމަށް މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 20 އާ ހަމައަށް ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

ދެ މެމްބަރުން ވެސް އިންތިހާބު ކުރަނީ ދެ އަހަރަށެވެ.

އާންމު މެންބަރުންގެ ގޮތުގައި ކުރިމަތިލެވޭނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތްނުކުރާ ފަރާތްތަކަށެވެ. އަދި ކައުންސިލްގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

އާންމު މެންބަރުންގެ ގޮތުގައި މިނިސްޓަރު ކަނޑައަޅުއްވާ ފަރާތްތައް ހޮވުމުގައި، ގާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ހައްގުތަކުގެ ދާއިރާއިން ނުވަތަ ދީނީ އިލްމުގެ ދާއިރާއަކުން މަތީ ތައުލީމު ޙާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެ އެވެ.