Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ޖެނުއަރީގައި މުދަލު ޒަކާތަށް 5.3 މިލިއަން ރުފިޔާ

މިދިޔަ މަހު ދައުލަތަށް 5.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުުގައިވާ ޖެނުއަރީ މަހު 5.3 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި އަދަދަށް ވުރެ 1.7 މިލިއަން ރުފިޔާ އިތުރު މިންވަރެކެވެ.

މިދިޔަ އަހަރުގެ ޖެނުއަރީގައި މުދަލު ޒަކާތަށް ލިބުނީ 3.4 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގައި މިހާރު މުދަލުގެ ޒަކާތް އިތުރުވަމުން އަންނަ އިރު، މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު ގެނައީ މިދިޔަ މަހުގެ 22 ގަ އެވެ. މިހާރު ނިސާބަކީ 8،800.05ރ. އެވެ.

މިދިޔަ އަހަރު މުދަލު ޒަކާތަށް 101.9 މިލިއަން ލިބުނު އިރު، މިއީ އެ ވަރުގެ އަދަދެއް ލިބުނު ފުރަތަމަ ފަހަރެވެ.