ރާއްޖޭގެ މަހުޖަނު ގާސިމް އިބްރާހީމްގެ ބައޮގްރަފީ "ގާސިމް އިބްރާހީމް: ލާމަސީލު ދިވެހި ދަރިއެއް" އަކީ ވަރަށް އަސަރު ގަދަ ވާހަކައެެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ލިޔުންތެރިޔާ މުހައްމަދު ޖަމީލު ފޮތުގެ ކޮޕީއެއް ހިއްޕަވައިގެން އިންނެވި ފޮޓޯއަކާ އެކު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ޝަހީމު ވިދާޅުވީ "ކިޔަމުން މި ދަނީ ވަރަށް އަސަރު ގަދަ ވާހަކައެއް" ކަމަށާއި "މި ފޮތަކީ އެ ފޮތް ކިޔާ ކޮންމެ މީހަކަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބޭނެ ފޮތެއް" ކަމަށެވެ.
"އެއީ ހިތްވަރާއި ޢަޒުމާއި މަސައްކަތްތެރިކަމާއި ދީލަތި ނަމޫނާ ޝަޚްޞިއްޔަތެއްގެ އަސަރުގަދަ ވާހަކައެއް. އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ ބައޮގްރަފީއެއް ލިޔެވޭ ދުވަހަކުން އެ ފޮތްތަކުގައި ވެސް ޤާސިމްގެ ވާހަކަ ނުލިޔެވި ފުރިހަމައެއް ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ. "ޤާސިމް ޤައުމަށް ކޮށްދެއްވި އެންމެ އަގުހުރި ޚިދުމަތަކީ ތައުލީމު ފެތުރުއްވުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތް."
ބައޮގްރަފީ ހަދިޔާކޮށްފައިވާތީ އާއި އެ ނެރެން މ މަހުގެ 10 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތަށް ދައުވަތު ލިބުނީތީ އެކަމަށް ވެސް ޝަހީމް ޝުކުރު އަދާކުރައްވާފައިވެ އެވެ.