Last Updated: April 21, 09:53
Monday, April 21, 2025
ޚަބަރު

ރޯދަ ހަދިޔާއަކީ މި މަހުގެ ކުނި ފީ މާފުކޮށް ދިނުން

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ރައްޔިތުންނަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މި މަހުގެ ކުނި ބިލް މާފުކޮށް ދޭން ދ. ކުޑަހުވަދޫ ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން ބުނީ ރައްޔިތުންނަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި އާންމު ގޭބިސީތަކުގެ މި މަހުގެ ކުނި މާފުކޮށް ދޭން ނިންމީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ 155 ވަނަ ރަސްމީ އާންމު ޖަލްސާ އިން ކަމަށެވެ.

އެހެންވެ މި މަހުގެ ކުނި ފީ ޖަމާކޮށްފައިވާ ނަމަ އެފަދަ ގޭބިސީތަކުގެ އަންނަ މަހުގެ ކުނީގެ ބިލަށް އެ ފައިސާ ބަދަލުކޮށް ދެވޭނެ ކަމަށް ކުޑަހުވަދޫ ކައުންސިލުން ބުންޏެވެ.