Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

އޭވިއޭޝަން ދާއިރާ އިން 100 ޒުވާނުން ތަމްރީނު ކުރަނީ

ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އޭވިއޭޝަން ދާއިރާ އިން 100 އަށް ވުރެ ގިނަ ޒުވާނުން ތަމްރީނު ކުރަން ނިންމައިފި އެވެ.

މިކަމާ ގުޅޭ މަޝްވަރާތަކެއް ވެސް މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް) އާ ދެމެދު ެ ވަނީ ބާއްވައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން އެ ކުންފުނިން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭވިއޭޝަންގެ އެކި ދާއިރާތަކުން 100 އަށް ވުރެ ގިނަ މީހުން ތަމްރީނު ކުރާނެ ކަމަށެވެ. ނަމަވެސް އެޕްރެންޓިސް ޕްރޮގްރާމް ހުޅުވައިލާނެ އިރެއް އެމްއޭސީއެލުން ހާމައެއްނުކުރެ އެވެ.

އެ ކުންފުނިން މިފަދަ ޕްރޮގްރާމެއް 2023 ގައި ހިންގާފައިވެ އެވެ. އެގޮތުން އެމްއެސީއެލްގެ ފުރަތަމަ އެޕްރެންޓިސް ޕްރޮގްރާމްގައި 75 ޒުވާނަކު ތަމްރީނުކޮށްފައިވެ އެވެ. އެ ބެޗްގައި އޭވިއޭޝަނާ ގުޅުން ހުރި 20 ދާއިރާއަކުން ހަ މަސް ދުވަހުގެ ތަމްރީނާއި ތަޖުރިބާ ދީފައިވެ އެވެ.