Last Updated: April 21, 09:53
Monday, April 21, 2025
ޚަބަރު

ތުނޑި އަށް ދަތުރު ދެވޭނީ ފީ ދައްކައިގެން

އދ. ދިގުރަށު ތުނޑި އަށް އެ ރަށުގެ ރައްޔިތުން ނޫން މީހުންނަށް ދަތުރު ދެވޭނީ ކައުންސިލް ހުއްދަ ހޯދައިގެން ފީއެއް ވެސް ދައްކައިގެން ކަމަށް ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިކުން ބުނީ ހުއްދަ ނުހޯދައި އުސޫލާ ހިލާފަށް ރަށުން ބޭރު ގިނަ ބަޔަކު ތުނޑި އަށް މިހާރަކަށް އައިސް ދަތުރުދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންވެ ރަށުން ބޭރު މީހުން ތުނޑިއަށް ދަތުރު ދިއުމުގެ ކުރިން ކައުންސިލުގެ ހުއްދަ ހޯދައި ފީ ވެސް ދައްކަން ޖެހޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

ފީ އަކީ 15ރ. އެވެ.