Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ވީއޭއެމްގެ ރައީސަކަށް އަނެއްކާ ވެސް ލަތީފް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސްގެ މަގާމަށް އަނެއްކާ ވެސް މުޙައްމަދު ލަތީފް އިންތިޚާބުކޮށްފި އެވެ.

މިއީ އޭނަ އެ މަގާމަށް ވަޑައިގެންނެވި ތިން ވަނަ ދައުރެވެ.

ވީއޭއެމްގެ ރައީސްކަމުން މިދިޔަ އަހަރުގެ ފެބްރުއަރީ ފަހުކޮޅު ރަނޭޝް އިސްތިއުފާ ދިން ފަހުން ބޭއްވި އިންތިޚާބުގައި ލަތީފް ފިޔަވައި އެހެން ކެންޑިޑޭޓެއް ކުރިމަތިލައިފައެއް ނުވެއެވެ. އެހެންކަމުން އެ މަގާމަށް އިންތިޚާބުވެ އެ ދައުރުގެ ބާކީ އޮތް އެއް އަހަރަށް ފަހު ރޭ ވަނީ އެ އެސޯސިއޭޝަނުގެ ކުރިއަށް އޮތް ހަތަރު އަހަރުގެ ދައުރުގެ އިންތިޚާބު ބާއްވައިފަ އެވެ.

ވީއޭއެމްގެ އާ ދައުރުގެ ލީޑަޝިޕް:

ރައީސް: މުޙައްމަދު ލަތީފް
ސީނިއާ ނައިބު ރައީސް: މުޙައްމަދު ސާޖިދު
ނައިބު ރައީސް ވޮލީބޯލް: ޝިޔާމް އަލީ
ނައިބު ރައީސް ވޮލީބޯލް: އަލީ ލަތީފް
ނައިބު ރައީސް އިދާރީ: އިއްޒަތު ވަހީދު
ނައިބު ރައީސް އަންހެން: އާއިދާ އަބްދުލް ހަކީމް
ހިންގާ ކޮމިޓީ މެންބަރު: ފަތުހުﷲ ވަހީދު
ހިންގާ ކޮމިޓީ މެންބަރު: ސޮފްވާން އަޙްމަދު
ހިންގާ ކޮމިޓީ މެންބަރު: ޝިޔާމް އަލީ
ހިންގާ ކޮމިޓީ މެންބަރު/އަންހެން: އައިޝަތު ފަތީނަތު

އެންމެ ފަހުގެ ނިމުނު ދައުރުގެ ވެސް ވީއޭއެމްގެ ލީޑަޝިޕަކީ ހަމަ މިއެވެ. ޖުމްލަ ހަ ކެންޑިޑޭޓުން އެކްސްކޯއަށް ވާދަކޮށްފައިވާއިރު، މީގެތެރެއިން އިންތިޚާބުކޮށްފައިވަނީ ފަސް ކެންޑިޑޭޓުންނެވެ.

މި ކެންޑިޑޭޓުން އިންތިޚާބުކުރުމަށް ނެގި ވޯޓުގައި އެސޯސިއޭޝަނުގެ މެމްބަރު 13 ކުލަބުގެ ތެރެއިން 11 ކުލަބެއް ވަނީ ބައިވެރިވެފަ އެވެ. ވާދަކޮށްފައިވާ ހަ ކެންޑިޑޭޓުންނަކީ އަޙްމަދު ނަޝީދާއި މުޙައްމަދު ފަހުމީ އާއި މުޙައްމަދު ޝަރަފާއި އަޙްމަދު އަދީލް، ފަތުހުﷲ ވަހީދުގެ އިތުރުން ސޮފްވާން އަހުމަދެވެ.