ޖަޕާންގެ މަޝްހޫރު ކާރު ކުންފުނިތައް ކަމަށްވާ ހޮންޑާ އާއި ނީސާން ޕާޓްނަޝިޕް އެއްބަސްވުމެއްގެ ދަށުން އެއްކޮށްލަން ކުރަމުން މަސައްކަތް އައި ހުއްޓާލައިފި އެެވެ.
އެ މަސައްކަތް ދެ ކުންފުނުން މިދިޔަ އަހަރުގެ ކުރީކޮޅު ފަށައި، ދެ ކުންފުނި އެއްކޮށްލަން ނިންމިކަން ރަސްމީކޮށް އިއުލާންކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެެވެ. ހޮންޑާ އާއި ނިސާންއާ މިޓްސުބިޝީ ވެސް އޮތީ ބައިވެރިވާ ގޮތަށެވެ.
ނަމަވެސް ކުންފުނިތައް އެއްކޮށްލަން ކުރި މަސައްކަތްތައް ހުއްޓާލިކަން އިއުލާންކޮށް މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކަން ހުއްޓައިލި ނަމަވެސް އިލެކްޓްރިކް ވެހިކަލް އީވީ) އުފެއްދުމާއި އެ ދާއިރާ އަށް ބޭނުންވާ އާޓިފިޝަލް އިންޓެލިިޖެންސް އޭއައި) ޓެކްނޮލޮޖީ އެއް ބަޔަކު އަނެއް ބަޔަކާ ހިއްސާކުރުމުގައި ސްޓްރެޓީކް ޕާޓްނަޝިޕް ފްރޭމްވޯކެއްގެ ދަށުން މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމަށެވެ.
ހޮންޑާ އާއި ނިސާން ވެސް ބުނީ ދެ ކުންފުނީގެ ވެސް އަމާޒު ހުރީ އެއް މިސްރާބަކަށް ކަމަށެވެ. އެއީ ޗައިނާގެ ބީވައިޑީ އާއި އެމެރިކާގެ މަހުޖަނު އީލޮން މަސްކްގެ ޓެސްލާ ފަދަ ބިދޭސީ ކުންފުނިތަކަށް އީވީ މާކެޓްގައި ވަރުގަދަ އަށް ވާދަކުރުން ކަމަށެވެ.