Last Updated: April 21, 09:53
Monday, April 21, 2025
ޚަބަރު

ޗައިނާގެ 5 ސްކޮލަޝިޕަކަށް ހުޅުވާލައިފި

ޗައިނާގެ ޔުނާން ޕްރޮވިންސް ސަރުކާރުން ރާއްޖެ އަށް ލިބިފައިވާ ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ އޭގެ ތެރޭގައި ހިމެނެނީ އަންޑަ ގްރެޖުއޭޓާއި ޕޯސްޓް ގްރެޖުއޭޓްގެ އިތުރުން ޕީއެޗްޑީގެ ފަސް ސްކޮލަޝިޕް ކަމަށެވެ. ސްކޮލަޝިޕްތަކަށް ބައިވެރިން ހޮވާނީ ޔުނާން ޕްރޮވިންސް ސަރުކާރުގެ ފަރާތުންވެ.

ސްކޮލަޝިޕްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 20 އާ ހަމައަށެވެ.