މީފެ ފަސް އަހަރު ކުރިން ދެ އަހަރުގެ ކުށްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ކާފަ މަރުވެއްޖެ އެވެ.
ހުޅުމާލޭ ޖަލުގައި 25 އަހަރުގެ ޙުކުމް ތަންފީޒުކުރަމުން ދަނިކޮށް ރޭގެ ވަގުތެއްގައި މަރުވ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހިމްދީދީ، 67. އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސެސް އިން އޭނަ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާ ގުޅިގެން މެޑިކަލް ޓީމުން ބަލައި، އަވަސް ފަރުވާ ދިނުމުން ވެސް ހަރަކާތް ނުކުރާތީ، އެމަޖެންސީ ޙާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ފަރުވާ ދިނުމަށް ފަހު ވެސް ހަރަކާތެއް ނެތުމުން، އޭނާ ނިޔާވެފައިވާކަމަށް ކަނޑައަޅާފައި މެންދަމު 2:40 އެހާކަށް އިރު އެވެ.
އިބްރާހީމްދީދީ އަކީ ލޭމައްޗަށް ދިއުމާއި ކޮލެސްޓްރޯލް އަދި ޓްރެމާސް، ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެކެވެ.
ކަނޑުހުޅުދޫގައި ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އިބްރާހިމްދީދީގެ އިތުރުން އެ ކުއްޖާގެ މުނިކާފަ ވެސް ހައްޔަރުކޮށް އުމުރު ދުވަހަށް ޖަލަށްލި އެވެ. މުނިކާފަ ހަސަން މޫސާދީދީ 85، ވެސް މަރުވެފައި ވަނީ ހުޅުމާލެ ޖަލުގައި ތަންފީޒު ކުރަމުން ދަނިކޮށް 2023 ގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.