ކުރިއަށް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން "ރޯދަ ސާފު"ގެ ނަމުގައި މާލެ ސާފުކުރުމުގެ ޚާއްޞަ ބޮޑު ޙަރަކާތެއް މާދަމާ ކުރިއަށް ގެންދަން ނިންމައިފި އެވެ.
މި ޙަރަކާތުގައި 20 މުއައްސަސާއަކުން ބައިވެރިވާނެ އެވެ. އޭތެ ތެރޭގައި ބައެއް މިނިސްޓްރީތަކާއި ސަރުކާރުގެ ބައެއް ކުންފުނިތައް ވެސް ހިމެނެ އެވެ.
1. މިނިސްޓްރީ އޮފް އެޑިޔުކޭޝަން
2. މިނިސްޓްރީ އޮފް ޑިފެންސް
3. މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
4. މިނިސްޓްރީ އޮފް ހެލްތު
5. އެމްޓީސީސީ
6. އާސަންދަ ކޮމްޕެނީ ލިމިޓެޑް
7. ސްޓެލްކޯ
8. އެމްޑަބްލިޔޫއެސްސީ
9. ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް
10. ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
11. މޯލްޑިވްސް ގޭސް
12. ދަރުމަވަންތަ ހޮސްޕިޓަލް/އައިޖީއެމްއެޗް
13. ވަޒީފާއާ ބެހޭ ޓްރެބިއުނަލް
14. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީސް
15. މީރާ
16. ޓެކްސް އެޕީލް ޓްރަބިއުނަލް
17. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
18. ރައްޔިތުންގެ މަޖިލީހުގެ އިދާރާ
19. ވެމްކޯ
20. މާލޭ ސިޓީ ކައުންސިލްގެ އިދާރާ
"ރޯދަ ސާފު" ޙަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 6.15 ގަ އެވެ. މި ޙަރަކާތުގައި މާލެތެރެ އާއި މާލޭގެ މުހިންމު ސަރަޙައްދުތަކެއް ސާފުކުރާނެ އެވެ. އެ ގޮތުން އިންޑަސްޓްރިއަލް ޒޯނާއި، އުސްފަސްގަނޑު ސަރަޙައްދާއި، ލޮނުޒިޔާރަތް ޕާކު ސަރަޙައްދާއި، ހެދިގޮނޑުދޮށު ސަރަޙައްދާއި، އަލިމަސް ކާނިވާ ސަރަޙައްދާއި، މަސްވެރިންގެ ޕާކު ސަރަޙައްދާއި، އެމްޕީއެލް ސަރަޙައްދާއި، އަދި ރަސްފަންނު ސަރަޙައްދު ސާފުކުރާނެ އެވެ.