ސަރުކާރުން ޓެކްސީގެ ހިދުމަތުގެ ތެރެއަށް ވަންނާތީ އެކަމާ ދެކޮޅަށް މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި މާލެ ސަރަހައްދުެގ ޑްރައިވަރުންތަކެއް ކުރި އިހުތިޖާޖުގެ ތެރޭގައި ފުލުހުންގެ މަސައްކަތަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން ޑްރައިވަރަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ދައުވާކޮށްފި އެވެ.
އެ ތިން ޑްރައިވަރުންނަކީ މއ. ވިރާހު، މުހައްމަދު ޝާމިން، 39، އާއި މއ. ނަހީދީ މަންޒިލް، މިސްބާހު ޝަރީފް، 31، ގެ އިތުރުން ހދ. ކުމުންދޫ، ހޮލިޑޭވިލެޖް، ނުއުމާން އަހުމަ، 36، އެވެ.
Miadhu @ameen3d ge taxi fleet iulaan kurithaa 30 minute fahun alhugandah court ah annan phone call ae. Adhi dhauvaa form balaa annan buni. Bunan miulheny driverunge hagguga vakaalaathu kohgen hayyarah dhaan jehiyyje haalathehga fas nujehidhaan kerigen nikume mihury. Bireh… pic.twitter.com/FTB1KTIF0p
— Misbah Shareef (@misbah5415) February 12, 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުންގެ ޑިމާންޑުތަކަށް ޖަވާބެއް ނުދޭ ކަމަށް ބުނެ ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާގައި ހުޅުމާލެއިން ހައިވޭއަށް އަރަން އޮންނަ މަގު ވެސް ބަންދުކުރި އެވެ. އޭގެ ސަބަބުން ޓްރެފިކް ތޮއްޖެހި މަގު ބްލޮކްވި އެވެ. އިހުތިޖާޖުގެ ތެރެއިން ހަތަރު ފުރޮޅުލި 20 ވެހިކަލެއް ފުލުހުން ޓޯ ވެސްކޮށްފައިވެ އެވެ.
ސަރުކާރުން މިދިޔަ ބުދަ ދުވަހު ޓެކްސީ ލައިނެއްގެ ހިދުމަތް ދޭން އެމްޓީސީސީއާ ހަވާކުކޮށްފަ އެވެ.