Last Updated: April 21, 09:53
Monday, April 21, 2025
ޚަބަރު

ރައުންޑްއެބައުޓްތަކަށް މޮނިއުމަންޓްގެ ބަދަލުގައި ގަސް!

ހުޅުމާލޭގެ މަގުތަކުގެ ހެދި ރައުންޑްއެބައުޓްތަކުގައި މޮނިއުމެންޓް ބެހެއްޓުމުގައި ބަދަލުގައ ބަގީޗާ ގަސް ހައްދަން ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ނިންމައިފި އެވެ.

އެޗްޑީސީގެ ސީއޯއޯ އަހުމަދު އިބްރާހިމް ސޯޝަލް މީޑިއާ ވިދާޅުވީ ހުޅުމާލޭގެ ރައުންޑްއެބައުޓްތަކުގައި ކޮންކްރީޓް މޮނިއުމެންޓްްތައް ބަހައްޓަން ނިންމި ނިންމުން އެ ކުންފުނިން އަލުން މުރާޖާކޮށްފައިވާ ކަމަށެވެ. އޭނަ ވިދާޅުވީ އެކަން އެގޮތަށް ކުރީ އާންމުންގެ ފަރާތުން ލިބުނު ޝަކުވާތަކަކާ ވެސް ގުޅިގެން ކަމަށެވެ. ވ

އެހެންވެ މިހާރު 'ޕައިލެޓް ރައުންޑްއަބައުޓް އައިލެންޑް' ޕްރޮޖެކްޓްގެ ގްރީންސްކޭޕިން ނިންމާލާފައިވާ ކަމަށް ވިދާޅުވި އެވެ. ރައުންޑްއެބައުޓްތަކުގައި އިންދި ބަގީޗާ ގަސްތައް ހެދި ބޮޑުވެ، މާތައް އަޅައި ފޮޅެން ފެށުމުން އިތުރަށް ހިތްގައިމުވާނެ ކަމަށް އޭނާ އަހުމަދު ވިދާޅުވި އެވެ.

ހުޅުމާލޭގެ ރައުންޑްއެބައުޓްތަކުގައި، ދީނާއި ރާއްޖޭގެ ސަގާފަތާއި މަސައްކަތްތެރިކަން ދައްކުވައިދޭ މޮނިއުމެންޓްތައް ބަހައްޓަން ނިންމައި އެ މޮނިއުމަންޓް ޑިޒައިން ކުރަން އެޗްޑީސީން ހުޅުވައިލީ މިދިޔަ އަހަރުފގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެގޮތުބް 17 މޮނިއުމެންޓެއް ހުޅުވާލައި ޑިޒައިންތަކެއް ހުށަހެޅި ފަރާތެއް އެޗްޑީސީން ހޮވައި އެކަން ނޮވެންބަރު މަހުގެ ތެރޭގައި އިއުލާން ވެސް ކުރި އެވެ.

ނަމަވެސް ހޮވި ޑިޒައިންތަކީ އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައުވާ ޑިޒައިންތަކަމަށް ބުނެ ޝަކުވާތަކެއް ލިބުމުން އެކަން ރިވިއު ކުރަން އެޗްޑީސީން ނިންމި އެވެ.