Last Updated: April 21, 09:44
Monday, April 21, 2025
ޚަބަރު

މާލެ ސާފު ކުރަން ގިނަ ބަޔަކު ނުކުތުމުން ޝުކުރު

"ރޯދަ ސާފު" ގެ ނަމުގައި މާލެ ސާފު ކުރަން މިއަދު ކުރިއަށް ގެންދާ ހަރަކާތަކީ އިޖުތިމާޢީ ގުޅުން އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށް އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ތައިސޭކޮށީގެ ފުޓްސަލް ދަނޑުގައި "ރޯދަ ސާފު" ދެށުމަށް ބޭއްވި ރަސްމިއްޔާުގައި މިނިސްޓަރު ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިކަމުގައި ބައިވެރިވާތީ ޝުުކުރު ވެސް އަދާކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ އިޖުތިމާއީ ކަންކަމުގައި އެކީގައ ގިނަ ބަޔަކު ބައިވެރިވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިކަމުން ދައްކުވައި ދެނީ ގުޅިގެން މަސައްކަތްކުރުމުގެ ޖޯޝާއި ރޫހު އާންމު ރައްޔިތުންގެ ތެރޭގައި އޮތްކަން ކަމަށެވެ. އަދި މިފަދަ ކަންކަމަށް ރައްޔިތުން އިސްކަންދޭ މިންވަރު ވެސް މިއަދުގެ ހަރަކާތުގެ ސާބިތުކޮށްދޭ ކަމަށް ވިދާޅުވި އެވެ.

"ރޯދަ ސާފު" ޙަރާކުގައި ގުރޫޕް އެކަކުން ސާފުކުރަމުން އަންނަނީ އާޓިފިޝަލް ބީޗް ސަރަޙައްދެވެ. މި ސަރަޙައްދު ސާފުކުރުމުގައި އިސްކޮށް ޙަރަކާތްރިވަމުން ދަނީ އާރްޑީސީ އާއި، މީރާ އާއި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރަމަންޓް އެންޑް ޕަބްލިކް ވަރކްސްއެވެ.

ގުރޫޕް ދޭކުން ސާފުކުރަމުން އަންނަނީ އުސްފަސްގަނޑު ހިމެނޭ ސަރަޙައްދެވެ. މި ސަރަޙައްދު ސާފުކުރުމުގައި ޙަރަކާތްރިވަމުން އަންނަނީ އެމްއެންޑީއެފާއި، އެމްޑަބްލިޔޫއެސްސީ އާއި ދިވެހިބަހާ ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރަމަންޓް އެންޑް ޕަބްލިކް ވޯކްސްއެވެ.

ގުރޫޕް ތިނެކަކުން ސާފުކުރަމުން އަންނަނީ އިންޑަސްޓްރިއަލް ޒޯން ހިމެނޭ ސަރަޙައްދެވެ. މި ސަރަޙައްދު ސާފުކުރުމުގައި ޙަރަކާތްރި ވަނީ ޕޮލިހާއި، ކަރެކްޝަނަލް ސަރވިސްއާއި، ކަސްޓަމްސްއާއި، ނެޝަނަލް ޑްރަގްއެޖެންސީ އާއި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރަމަންޓް އެންޑް ޕަބްލިކް ވޯކްސްއެވެ.

ގްރޫޕް ހަތަރެކުން ސާފުކުރަމުން ދަނީ ޕޯޓްސް ލިމިޓެޑް ހިމެނޭ ސަރަޙައްދެވެ. މި ސަރަޙައްދު ސާފުކުރުމުގައި ޙަރަކާތްރިވަމުން ދަނީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރަމަންޓް އެންޑް ޕަބްލިކް ވޯކްސްއެވެ.

ގްރޫޕް ފަހެކުންން ސާފުކުރަމުން އަންނަނީ ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދެވެ. މި ސަރަޙައްދު ސާފުކުރުމުގައި ޙަރަކާތްރިވަމުން ދަނީ މޯލްޑިވްސް ގޭހާއި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރަމަންޓް އެންޑް ޕަބްލިކް ވޯކްސްއެވެ.

"ރޯދަ ސާފު" ގެ ނަމުގައި މާލެ ސާފުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި ޙަރަކާތުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް ޑިފެންސާއި، މޯލްޑިވްސް ޕޮލިހާއި، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއާއި، މިނިސްޓްރީ އޮފް ހެލްތާއި، އެމްޓީސީސީއާއި، އާސަންދަ ކޮމްޕެނީ ލިމިޓެޑާއި، ސްޓެލްކޯއާއި، އެމްޑަބްލިޔޫއެސްސީއާއި، ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި، މޯލްޑިވްސް ގޭހާއި، ދަރުމަވަންތަ ހޮސްޕިޓަލް/އައިޖީއެމްއެޗާއި، ވަޒީފާއާ ބެހޭ ޓްރެބިއުނަލާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީހާއި، މީރާއާއި، ޓެކްސް އެޕީލް ޓްރަބިއުނަލާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، ވެމްކޯއާއި އަދި މާލެ ސިޓީ ކައުންސިލްގެ އިދާރާ ބައިވެރިވެ އެވެ.