Last Updated: April 20, 17:57
Sunday, April 20, 2025
ޚަބަރު

ފޮރިން މިނިސްޓަރު މި ހަފުތާގައި ލަންކާ އަށް

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މި ހަފުތާގައި އަވައްޓެރި ސްރީ ލަންކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ލަންކާގެ މީޑިއާތަކުން ބުނީ މިނިސްޓަރުގެ އެ ދަތުރުގައި ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުގެ އިތުރުން ވެސް ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވައި ރަސްމީ މަޝްވަރާތަކެއް ބާއްވަވާނެ ކަމަށެވެ.

ނަމަވެސް ހަލީލު ލަންކާ އަށް ވަޑައިގަންނަވާނެ ތާރީހެއް މީޑިއާތަކުން ހާމައެއް ނުކުރެ އެވެ.

ހަލީލުގެ މި ދަތުރު ވާނީ ފޮރިން މިނިސްޓަރު ކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އައްޔަންކުރި ފަހުން ލަންކާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރަށެވެ. މިނިސްޓަރު މިހާތަނަށް ރާއްޖެ އިން ބޭރަށް ވަރަށް ގިނަ ދަތުރުތަކެއް ކުރައްވާފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައި އިންޑިއާ އަށް ވެސް ވަޑައިގަތެވެ.