Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

މާލޭގައި ބާ މުސްހަފުތައް ނައްތާލަނީ

މާލޭ ސަރަޙައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބައު މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް ނައްތާލުމުގެ ހަރަކާތެއް މި އަހަރު ވެސް މާލެ ސިޓީ ކައުންސިލުން ފަށަން ނިންމައިފި އެވެ.

އެގޮތުން އަހަރަކު ދެ ފަހަރު މިކަން ކުރިއަށް ގެންދަން ނިންމާފައިވާ އިރު، މި އަހަރުގެ ފުރަތަމަ ބުރު މާދަމާ ހުޅުވައިލަން ވަނީ ނިންމައިފަ އެވެ.

ކައުންސިލުން ބުނީ ގޭގެއިން ގެންނަ އެފަދަ ތަކެތި ކައުންސިލަށް ބަލައިގަތުމަށްޓަކައި މާދަމާ އިން ފެށިގެން މި މަހުގެ 28 އާ ހަމައަށް ތަކެތި ބަލައިގަންނާނެ ކަމަށެވެ. އެއީ އެ ދުވަސްތަކުގެ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އަށެވެ.

ބާ މުސްހަފުތައް ބަލައިގަންނާނީ ފަލަސްތީނު ހިނގުމުގައި ހުންނަ ކައުންސިލްގެ ސެކްޝަނުންނެވެ.

މަންފާ ޖަމިއްޔާ އާއި އީގަލްސް ކޮމިއުނިޓީ ގުޅިގެން މިއަދު މާލޭގެ ވެސްޓް ޕާކް ސަރަހައްދު ސާފު ކުރަން ހިންގި ހަރަކާތުގެ ތެރޭގައި ވެސް ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް ބައު މުސްހަފުތައް ނައްތާލަން ހަވާލުކުރުން ކުރިއަށް ގެންގޮސްފައިވެ އެވެ.