ރާއްޖޭގެ އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް" ގެ ބައިވެރިންގެ ތެރެއިން "އަލްޓިމޭޓް ޕްލޭޔާ" ހޮވުމުގެ ފުރުސަތު އުރީދޫގެ ކަސްޓަމަރުންނަށް ހުޅުވާލައިފި އެވެ.
މި ފަހަރުގެ "އަލްޓިމޭޓް ޕްލޭޔާ" މަގާމަށް ހަ ގޭމަރުން ނޮމިނޭޓްވެފައިވެ އެވެ. އެއީ ހައިޝަމް ވަހީދާއި އަހުމަދު އަޒީން ނަޒީމާއި ޒަމީލް ޒިހުނީ އާއި ރާއިދު ހަސަނާއި އަހުމަދު މާހިލްގެ އިތުރުން ހަސަން ޝަމްހާނެވެ.
ހުރިހާ ގޭމްތައް ކުޅޭ ފަރާތްތަކުގެ ތެރެއިން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ކަނޑައަޅާފައި ވަނީ 30،000ރ. ގެ ފައިސާގެ އިނާމެކެވެ.
އިނާމު ހަވާލު ކުރާނީ ކުރާނީ "އުރީދޫ ނޭޝަން އަލްޓިމޭޓް ގޭމިން ފެސްޓިވަލް" ނިންމުމުގެ ރަސްމިއްޔާތުގައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ބުރާސްފަތިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ.
މި މުބާރާތަށް ނޮމިނޭޓްވެފައިވާ ގޭމަރުންނަށް ވޯޓު ދޭން ބޭނުންވާ ކުޅުންތެރިޔާގެ ނަން ކަނޑައެޅިފައިވާ ކީވޯޑް އާއެކު ލިޔުމަށް ފަހު 9144495 އަށް ފޮނުވުމުން ވޯޓް ދެވޭނެ އެވެ. އެގޮތުން ފޮނުވާ ކޮންމެ އެސްއެމްއެސްއަކަށް 20 ލާރި ޗާޖްކުރާނެ އެވެ.
އުރީދޫއިން ބުނީ ވޯޓު ދެވޭނީ ހަމައެކަނި އުރީދޫ ކަސްޓަމަރުންނަށް ކަމަށެވެ. ވޯޓުލުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ އަންނަ ހަފިތާގެ ބުރާސްފަތި ދުވަހުގެ ރޭ 11:59 އާ ހަމައަށެވެ.