ސިފައިންގެ ފެމިލީ އެސޯސިއޭޝަން (ސިފަމާ) ގެ ސޯޝަލް މީޑިއާ އެކައުންޓްތައް އިފުތިތާހުކޮށްފި އެވެ.
އެ އެކައުންޓްތައް އިފުތިތާހުކޮށްފައި ވަނީ މި އަހަރުގެ ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ސިފަމާއިން، ސިފައިންގެ ޢާއިލާތަކަށް އަމާޒުކޮށްގެން އިއްޔެ ރޭ ކުރިއަށް ގެންދިޔަ "ސިފަމާ ޢާއިލީ މާހެފުން 1446" ގައެވެ. މި ހަރަކާތުގެ ތެރެއިންނެވެ.
ސިފަމާގެ ސޯޝަލް މީޑިއާ އެކައުންޓްތައް އިފުތިތާހުކޮށް ދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
ސިފަމާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ތެރޭގައި ހިމެނެނީ އެކްސް، އިންސްޓަގްރާމް، އަދި ފޭސްބުކްގެ އެކައުންޓްތަކެވެ.
ސިފަމާ އަކީ ދިވެހި ސިފައިންނާއި ސިފައިންގެ ލޮބުވެތި ޢާއިލާތަކާ ގުޅުންހުރި މުހިންމު މަގުސަދުތަކެއް ހާސިލުކުރުމަށް، ސަރުކާރުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާއެކެވެ.
ސިފަމާއިން ތަމްސީލުކުރަނީ ދިވެހި އަސްކަރިއްޔާ އަށް ނިސްބަތްވާ އެކުވެރި، ބަދަހި، ޢާއިލާތަކެވެ.