އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމަށް، އެ ކުންފުނީގެ ބޯޑުގައި ކުރިން ހުންނެވި ސިނާން އަލީ އައްޔަންކޮށްފި އެވެ.
އޭނަ އެ މަގާމަށް ސިނާން އައްޔަން ކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
މީގެ ކުރިން ސިނާން ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ ބޯޑުގައި ވެސް މަސައްކަތް ކުރައްވާފައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޓެލްކޯގެ ޗެއާމަނަކަށް ސިނާން އައްޔަން ކުރުމަށް ފަހު، ގިނަ ދުވަސްތަކެއް ނުވެ އެމްޓީސީސީގެ ބޯޑު މެންބަރަކަށް ބަދަލުކުރި އެވެ. އަދި އޭނަ އައިލެންޑް އޭވިއޭޝަން ސާވިސެސް އައިއޭއެސް) ބޯޑުގައި ވެސް މަސައްކަތް ކުރެއްވި އެވެ..
ނޫސްވެރިކަމުގެ ދާއިރާ އިން ކެރިއަރު ފެއްޓެވި ސިނާނު މިހާރު ވެސް ގެންދަވަނީ "ވަން އޮންލައިން" ގެ ނަމުގައި އޮންލައިމން ނޫހެއް ހިންގަވަމުންނެވެ. އޭނަ އަކީ އޭގެ ސީއީއޯ އެވެ.