Last Updated: April 21, 09:53
Monday, April 21, 2025
ޚަބަރު

އިތުރު ދެ ސްކޫލަކަށް ފޮތް ހަދިޔާކޮށްފި

އަތޮޅުތެރޭގެ އިތުރު ދެ ސްކޫލަކަށް ގައުމީ ކުތިބުހާނާ އިން ފޮތް ހަދިޔާކޮށްފި އެވެ.

ފޮތް ހަދިޔާކުރީ ކ. ދިއްފުށީ ސްކޫލާއި ތ. ބުރުނީ ސްކޫލަށެވެ.

ބުރުނީ ސްކޫލަށް ހަދިޔާކޮށްފައި ޖުމްލަ 45 ފޮތެވެ. އަދި ދިއްފުށީ ސްކޫލަށް ހަދިޔާކުރީ 93 ފޮތވެ.

ގައުމީ ކުތުބުހާނާއިން އަންނަނީ އެކިއެކި އިދާރާތަކަށާއި ސްކޫލުތަކަށް ފޮތް ހަދިޔާކުރަމުންނެވެ. ސްކޫލުތަކަށް ފޮތްތައް ހަދިޔާ ކުރަނީ ސްކޫލްތަކުގެ ލައިބްރަރީ މުއްސަނދިކުރުމުގެ މަގުސަދުގަ އެވެ.

އެގޮތުން މި އަހަރުގެ މިހާތަނަށް ގައުމީ ކުތުބުޚާނާއިން ވަނީ ޖުމްލަ 1،000 އަށްވުރެ ގިނަ ފޮތް އެކި ސްކޫލްތަކަށް ހަދިޔާކޮށްފައިވެ އެވެ.