Last Updated: April 20, 17:44
Sunday, April 20, 2025
ޚަބަރު

އިސްރަށްވެހިންގެ ނާދީ ހަދަން 60 ކައުންސިލަކުން ޝައުގު

އިސްރަށްވެހިންގެ ނާދީ ޤާއިމު ކުރަން 60 ކައުންސިލަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ރޭ ގެނެސްދިން "އަހާ" ފޯރަމުގައި އާންމުންގެ މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެނިހެން ގައުމުތަކޭ އެއްގޮތަށް ރާއްޖޭގައި ވެސް އުމުރުން ދުވަސްވީ މީހުން އިތުރުވަމުންދާ އިރު، އެފަދަ މީހުންނަށް އުޅެވޭނެ ހިތްފަސޭހަ ތަންތަން ހެދުމަށް ކައުސންސިލްތަކާއި އެކު ކުރައްވާ މަޝްވަރާގެ ތެރެއިން ގިނަ ކައުންސިލްތަކުން އެކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ކަންސިލްތަކާއި މަޝްވަރާ ކުރަމުން އެބަ ގެންދަން ވަކި ރަށްރަށުގައި އިސްރަށްވެހިން އެކު އުޅެލާނެ ތަންތަން ފާހަގަކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ. "އެގޮތުން ގާތްގަނޑަކަށް ފަސްދޮޅަސް ވަރަކަށް ކައުންސިލުން ޝައުގުވެރިކަން ފާހަގަކޮށްފައި އެބައޮތް."

މާލޭގައި އިސްރަށްވެހިންގެ ފުރަތަމަ ނާދީ ހުޅުވާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އިސްރައްވެހިންގެ ނާދީ ހެދުމަށް މިހާރު އޮތީ ނިންމާފައިވާ ކަމަށެވެ. އެގޮތުން އައްޑޫގައި ހަދަން ނިންމާފައިވާ ނާދީގެ މަސައްކަތް ކުރާނެ ހޯދަން ޓެންޑަރަށް ލާފައި އޮތްކަން މިނިސްޓަރު ފާހަފަކުރެއްވި އެވެ.