Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ތިނަދޫ ކައުންސިލަށް ލޯންޗެއް ގަންނަނީ

ތިނަދޫ މޭޔަރު ސައުދު އަލީ. ފޮޓޯ/ ތިނަދޫ ކައުންސިލް

ތިނަދޫ ސިޓީ ކައުންސިލަށް ލޯންޗެއް ގަންނަން ނިންމައި، ލޯންޗެއް ސަޕްލައިކޮށް ދޭނެ ބަޔަކު ފަރާތެއް ހޯދަން ބީލަމަށް ހުޅުވާ؛ައިފި އެވެ.

އެ ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 6 އާ ހަމައަށް ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވާން ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 24 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ މި މެއިލް projects@thinadhoo.gov.mv މެދުވެރިކޮށެވެ.

ތިނަދޫ ކައުންސިލުން ބުނީ ބީލަންތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައި ކަމަށެވެ.

ގދ. ތިނަދު އަކީ ރާއްޖޭގައި އެންމެ ފަހުން ސިޓީއެއްގެ ދަރަޖަ ދިން ރަށެވެ. ތިނަދުއާ އެކު މިހާރު ރާއްޖޭގައި ހިމެނެނީ ފަސް ސިޓީ އެވެ. އެއީ މާލެ އާއި އައްޑު އާއި ފުވައްމުލަކުގެ އިތުރުން ކުޅުދުއްފުއްޓެވެ.