Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

އައްޑޫ އޮފީސް ވޮލީ: ތަރިންނަކީ ޕޮލިހާއި އެމްޓީސީސީ

އައްޑޫގެ އޮފީސްތަކުގެ މެދުގައި ބޭއްވި "އައްޑޫ އިންޓަ-އޮފީސް ވޮލީ ޓޯނަމަންޓް 2025" ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އައްޑޫ ޕޮލިސް އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް އެމްޓީސީސީ ހޯދައިފި އެވެ.

ފޭދޫ ވޮލީ ކޯޓްގައި ކުރިއަށް ގެންދިޔަ މުބާރާތުގެ އަންހެން ޗެމްޕިއަން އައްޑޫ ޕޮލިސް ހޯދީ އެ ޑިޝަންގެ ކުލަބް އެމްޓީސީސީއާ ވާދަކޮށެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގައި ޖުމްލަ ވާދަކުރި ޓީމްތަކަކީ ކުލަބް އޭއީއެޗް، ކައުންސިލް، އޭއައިއޭ، އެމްޓީސީސީ އަދި ޕޮލިހެވެ.

ޖުމްލަ 10 އޮފީހަކުން 13 ޓީމް ވާދަކުރި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޓީމްތަކަކީ އައްޑޫ ކައުންސިލް، އައްޑޫ ޕޮލިސް، އެސްޓީއޯ، މިފްކޯ، ވެމްކޯ، ފެނަކަ، ކުލަބް އެމްޓީސީސީ އަދި ފޭދޫ ސްކޫލެވެ.

ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ ފައިނަލް މެޗް ކާމިޔާބުކޮށް، ކްލަބް އެމްޓީސީސީ ޗެމްޕިއަންކަން ހޯދީ އައްޑޫ ޕޮލިހާ ވާދަކޮށެވެ.

އެހެންވެ މި މަހުގެ 1-15 އަށް މުބާރާތުގައި އެންމެ ވިދައިލި އޮފީސްތަކަކީ އެމްޓީސީ އާއި އައްޑޫ ޕޮލިހެވެ.

،މި މުބާރާތަކީ އައްޑޫގެ ވޮލީ ރެފްރީންތަކެއް އިސްކޮށްގެން އުފެއްދި ޖަމިއްޔާ އެސޯސިއޭޝަން ފޯ އައްޑޫ ވޮލީން އިންތިޒާމުކުރި މުބާރާތެކެވެ. އަދި މިއީ އައްޑޫގެ އޮފީސްތަކުގެ މެދުގައި އެ ޖަމިއްޔާ އިން ބޭއްވި ފުރަތަމަ އޮފީސް ވޮލީ މުބާރާތެވެ.