ރާއްޖޭގައި އެންމެ އަމާނަތްތެރިކަމާއެކު މިހާރު ހިނގާ މުއައްސަސާއަކީ ޒަކާތި ހައުސް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި "އަހާ" ފޯރަމްގައި އޭނަ ވިދާޅުވީ ޒަކާތުގެ ޒަކާތު ހައުސް މަސައްކަތްތަކާ އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.
ޝަހީމު ވިދާޅުވި ގޮތުގައި ޒަކާތު ހައުސްއަކީ އަކީ އެންމެ އަމާނަތްތެރިކަމާއެކު ހިނގާ މުއައްސަސާއަށްވި ނަމަވެސް އެތަނުގެ އަގު ވައްޓާލުމަށް އެކި ވާހަކަތައް ބައެއް ފަރާތްތަކުން ދައްކަމުންދާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ތަނަވަސްކަމުގެ އަހުލުވެރިންނަށް އަޅުގަނޑު ދަންނަވާލާނީ ތިބޭފުޅުންގެ ޒަކާތު ހައުސްއޭ މިއީ. މުއައްސަސާގެ އަގު ވައްޓާލުމަށް އެކި ވާހަކަތައް ދައްކާނެ،" އޭނަ ވިދާޅުވި އެވެ. "އެކަމަކު ދިވެހިރާއްޖޭގައި އެންމެ އަމާނާތްތެރިކަމާއެކު ހިނގާ އެއް މުއައްސަސާއަކީ ޒަކާތާބެހޭ އިދާރާކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން."
މިނިސްޓަރު ވިދާޅުވީ ޒަކާތު ހައުސް އިން ކުރިއަށް ގެންދާ މަސައްކަތްތަކާއެކު މިދިޔަ އަހަރަކީ ރާއްޖޭގެ ތާރިހުގަ އިވެސް ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުން އަހަރު ވެސް ކަމަށެވެ. އެގޮތުން މިދޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަން ޝަހީމް ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ޒަކާތުގެ ދާއިރާ ހަރުދަނާ ކުރަން ސަރުކާރުން ޒަކާތު ހައުސް އުފެއްދީ ޑިސެމްބަރު 18، 2023 ގަ އެވެ. އަދި އެތަން ރަސްމީކޮށް އިފުތިތާހު ކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 2 ގަ އެވެ. ޒަކާތު ހައުސް އަކީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ތަނެކެވެ.