މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 334،000 އިން މައްޗަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް 334،698 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 8.2 ޕަސެންޓްގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 309،411 ޓޫރިސްޓުންވެ.
މިހާރު ރާއްޖެ އަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 7،276 ޓޫރިސްޓުން އަންނަ އިރު، މި އަހަރުގެ އަމާޒަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމަކީ ޗައިނާ (53،222 ޓޫރިސްޓުން)، ރަޝިއާ (32،721 ޓޫރިސްޓުން)، އިނގިރޭސިވިލާތް (31،925ޓޫރިސްޓުން)، އިޓަލީ (30،159 ޓޫރިސްޓުން) އަދި ޖަރުމަން (19،751 ޓޫރިސްޓުން) އެވެ.