Last Updated: March 13, 21:58
Thursday, March 13, 2025
ރިޕޯޓް

މިއަދުގެ ހާއްސަ: ދަނޑިއަލުވި ރޮށި

ދަނޑިއަލުވި އަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ހައްދަމުން ގެންދާ ބާވަތެކެވެ. އަދި މިއީ ދުނިޔޭގެ 800 މިލިއަން މީހުންގެ މައިގަނޑު ކާނާގެ ގޮތުގައި ހިމެނިފައިވާ ބާވަތެކެވެ.ރާއްޖޭގައި ޒަމާނުންސުރެ ހައްދާ، އަދި ކެއިންބުއިމުގައި ވެސް ޑިމާންޑް ބޮޑު ބާވަތެކެވެ.

މި ގެނެސްދެނީ ދަނޑިއަލުވި ރޮށި ތައްޔާރު ކުރާނެ ގޮތެވެ.

* ބޭނުންވާ ތަކެތި:

50 ގްރާމް ދަނޑިއަލުވި (ފެނުކައްކައި ގާނާފައި)
60 ގްރާމް އާޓާފުށް
1 ގްރާމް ރޯމިރުސް (ތުނިކޮށް ކޮށާފައި)
10 ގްރާމް ފިޔާ (ގާނާފައި
10 އެމްއެލް ލުނބޯ ހުތް
3 ގްރާމް ހިކަނދިފަތް (ކުދިކޮށް ކޮށާފައި)
1/2 ގްރާމް ލޮނު

* ތައްޔާރު ކުރާނެ ގޮތް:

ފުށާ އެއްކޮށް ހުރިހާ ބާވަތް މޮޑެފައި ކުޑަ ފެން ފޮދެއްވެސް އެއްކޮށްފައި ފުށްގަނޑު ދަމާލެވޭވަރަށް މޮޑެލާށެވެ. ދެން ކުދިކޮށް ގުޅަގުޅަ ކަނޑާފައި ރޮށި ދަމާ ގޮތަށް ދަމާފައި ރޮށި ފިހެލާށެވެ.

* މި ރޮށީގެ ނިއުޓްރިޝަންގެ މިންވަރު:

އެނަޖީ: 290 ކެލަރީޒް
ޕްރޮޓީން: 7.98 ގްރާމް
ފެޓް: 1.14 ގްރާމް
ކާބޯހައިޑްރޭޓްސް: 61.73 ގްރާމް
ފައިބާ: 2 ގްރާމް
އަޔަން: 3.04
ޕޮޓޭސިއަމް: 337.7 މިލިގްރާމް
ވިޓަމިން ސީ: 10.3 މިލިގްރާމް
ފޮލޭޓް: 35.4 މައިކްރޯ ގްރާމް

މައުލޫމާތު: އެގްރިކަލްޗަ މިނިސްޓްރީ