Last Updated: April 20, 11:28
Sunday, April 20, 2025
ޚަބަރު

ދިވެހި ވިޔަފާރިވެރިން ދިވެހި ޒުވާނުންނަށް ވަޒީފާދޭން އިސްކަންދޭންޖެހޭ: އަދީބް

ދިވެހި ވިޔަފާރިވެރިން ވަޒީފާ ދިނުމުގައި ދިވެހި ޒުވާނުންނަށް އިސްކަންދޭންޖެހޭ ކަަމަށް ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އިސްލާމިކް ފައިނޭންސްގެ ދަށުން 30 މިލިއަން ރުފިޔާގެ ސްކީމެއް ތައާރަފުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރަަށް އެންމެ މުހިއްމީ ދިވެހިންނަށް ވަޒީފާ އުފެއްދުން ކަމަށާއި ވިޔަފާރިވެރިން ވިޔަފާރި ކުރުމުގައި އެކި ކަންކަމަށް ވިސްނަންޖެހޭ ކަަމަށް ނައިބު ރައީސް އަދީބު ވިދާޅުވިއެވެ.

ދިވެހިން ހިންގާ ވިޔަފާރިތަކުން ދިވެހި ޒުވާނުންނަށް ވަޒީފާ ދިނުމަށް އިސްކަންދޭނަމަ މިހާރަށްވުރެ ގިނަ ސްކީމްތައް ތައާރަފް ކުރެވޭނެ ކަަމަށް އަދީބު ވިދާޅުވިއެވެ. މިހަރުވެސް މި ސަރުކާރުން ވަނީ ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ގެޓްސެޓް ނަމުގައި ލޯން ސްކީމެއް ފަށައިފައެވެ.