އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މާވެޔޮމަގު ކަންމަތީގައި އުޅުނު ދެ ފިރިހެނަކު ސިފަ ބަދަލުކޮށްގެން ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަކުރީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 2:39 ހާއިރު ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ގދ. ވާދޫ، ލިލީގޭ، މުހައްމަދު ސޮބާހު 46، އާއި ނ. މިލަދޫ ސޯސަންގޭ މުހައްމަދު ނައުޝާދު، 42 އެވެ.
އެ ދެ މީހުން ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ހާޒިރު ކުރުމުން ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައިވެ އެވެ.
ބައެއް ފިރިހެން ވަގުން މީގެ ކުރިން މޫނުބުރުގާ އަޅައިގެން ވައްކަން ކުރަން އުޅުނު މައްސަލަތަކެއްތަކެއްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ.