Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

ޓެކްސް ނުދައްކާ ފަރާތްތަކެއްގެ ނަންތައް އާންމުކޮށްފި

ޓެކްސް ނުދައްކާ ފަރާތްތަކެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފި އެވެ.

އެ ކުންފުނިން އާންމުކުރި ލިސްޓްގައި 21 ފަރާތެއް ހިމެނެ އެވެ. މީރާ އިން ބުނީ އެ ފަރާތްތަކަކީ 50،000ރ އަށް ވުރެ މަތިން ޓެކްސް ދައްކަން ޖެހި، އެކަމަކު ނުދައްކާ ފަރާތްތައް ކަމަށެވެ.

އޭގެ ތެރޭގައި ސޮލޮނޮކްސް މޯލްޑިވްސް، ގައު ޕަން މޯލްޑިވްސް، ދިއްފުށި ވޯޓާ ސްޕޯޓްސް އަދި މިޓަކްސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތައް ހިމެނެ އެވެ.

މީރާ އިން ބުނީ އާންމުކުރި ލިސްޓްގައި ހިމެެނެނީ ޓެކްސް ދައްކަން ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދިނުން ވެސް ޓެކްސް ނުދައްކާ ފަރާތްތައް ކަމަށެވެ.