Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

ނޮން-ރެސިޑެންޓް 4 ސަފީރުން ކަނޑައެޅުން ކޮމިޓީ އަށް

ހަތަރު ގައުމަކަށް ރާއްޖެއިން ނޮން-ރެސިޑެންޓް ސަފީރުން ކަނޑައެޅުމަށް ރައީސް މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.

އޭގެ ތެރޭގައި ހިމެނެނީ މެލޭޝިއާގައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ސަބީނާ އަހްމަދު ބުރޫނާއީ ދާރުއްސަލާމަށް އައްޔަން ކުރުމާއި ބެލްޖިއަމްގައި ހުންނަވާ ސަފީރު ގީލާ އަލީ ލަގްޒެމްބާގާއި ނެދަލޭންޑްސްގެ ނޮން.ރެޒިޑެންޓް ސަފީރަކަށް ކަނޑައެޅުމާއި އިނގިރޭސިވިލާތުގައި ހުންނަވާ ސަފީރު އިރްތިޝާމް އާދަމް ފްރާންސްގެ ނަން-ރެސިޑެންޓް ސަފީރަކަށް އައްޔަންކުރުމުގެ އިތުރަށް ސިންގަޕޫރުގައި ހުންނަވާ ސަފީރު މުހައްމަދު ދުވޭސް އޮސްޓްރޭލިއާއަށް ނޮން-ރެސިޑެންޓް ސަފީރަކަށް ކަނޑައެޅުމެވެ.

މި ނަންތައް ދިރާސާކުރުމަށް ފަހު ޚާރިޖީ ގުޅުންތަކުގެ ކޮމެޓީން ރިޕޯޓެއް އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ހުށަހަޅުމުން މި ތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.