Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

އީސީގެ ރައީސަކަށް ޒާހިދު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސަކަށް މުޙައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް ޢަބްދުއްރަޙްމާން ސަލާހް ރަޝީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ޒާހިދު އައްޔަން ކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ވޯޓުންނެވެ. ނައިބަކަށް ސަލާހް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 69 މެންބަރުންނެވެ.

ޒާހިދާއި ސަލާހް އީސީގެ މެންބަރުންނަށް އައްޔަންކުރީ މިދިޔަ މަހުގެ 26 ގަ އެވެ.

އީސީ އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ. މިހާރު އެ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ޒާހިދާއި ޑރ. މުޙައްމަދު ޒާހިރާއި، މެންބަރު ޙަސަން ޒަކަރިއްޔާ އާއި، މެންބަރު ޢަބްދުލްހަސީބް އިސްމާޢީލާއި ސަލާހެވެ.

އީސީގެ ރައީސަކަށް އެންމެ ފަހުން ހުންނެވީ ފުއާދު ތައުފީގެވެ. އޭނަ ކޮމިޝަނުން ވަކިކިވެވަޑައިގަތީ ދެ ދައުރަކަށް ފަހު އެެވެ.