ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން އެއް ގަޑިއިރުގެ ފުރުސަތު ދޭން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މިހާރު އޮންނަ އުސޫލުން ނަމަ ސުވާލު ކުރުމަށް ދޮޅުގަޑިއިރު ހަމަޖެހިފައިވާ އިރު، ޖަވާބުދެއްވުމަށް ވަޒީރަށް ލިބިވަޑައިގަންނަވާނީ ބައިގަޑި އިރެވެ. ނަމަވެސް ގިނަ މެންބަރުންގެ އިއްތިފާގުން ކޮމިޓީން ނިންމީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވައި އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއް ރަހުމާނު ތާއީދުކުރެއްވި ގޮތަށް ބަހުސްއަށް އެއްގަޑިއިރު އަދި ޖަވާބުދާރީވުމަށް ވަޒީރަށްވެސް އެއްގަޑިއިރު ދިނުމަށެވެ.
އެގޮތުން ކޮމިޓީ އަށް ހާޒިރުވެ ތިއްބެވި 11 މެންބަރުންގެ ތެރެއިން ވަޒީރަށް އިތުރު ވަގުތު ދެއްވުމަށް 9 މެންބަރުން ވަނީ ތާއީދުކޮށްފަ އެވެ.
އިހްސާންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީން ބުންޏެވެ.
އިހުސާން މަގާމުން ވަކިކުރަން އެ ޕާޓީން ހުށަހެޅީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުް ހިންގަމުން އަންނަ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން ޑީއެންއާރް) ސިސްޓަމަށް ވަގަށް ވަދެ، ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް މެންބަރުން ވެއްދި މައްސަަ ފެންމަތިވުމާ ގުޅިގެންނެވެ.