ފަޅުރަށެއް ކަމަށްވާ ބ. މާރިކިލުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ނުވަ މީހުން ހައްޔަރުކޮށްފި އެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންނަކީ:
1. މ. ޖަވާހިރުވާދީ، މާލެ، އަލްޙާން ރަޝީދު ޙުސައިން، 49
2. ފުވައްމުލައް، ދިގުވާނޑު، ހޮލެންޑް، މަރްޔަމް ރިފާޢު، 25
3. ރ. އިނގުރައިދޫ، ވަފާ، ޢަބްދުލް މުޙްސިން ޙަސަން، 65
4. އިންޑިއާގެ ކުމަރެސަން ޗިންނައިއަ 20
5. އިންޑިއާގެ ދިނޭޝް ސައްމިޔައްޕަން 20،
6. ސްރީ ލަންކާގެ އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް، 39
7. ސްރީ ލަންކާގެ ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ، 46
8. ބަންގްލަދޭޝްގެ މުޙައްމަދު މައްސޫދު، 46
9. ސްރީ ލަންކާގެ ސަބެޝަން ނަހާރަޖަ، ސްރީލަންކާ، 31
މި އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރުގެ ދަށުންނެވެ.
އެ މީހުން ހައްޔަރުކުރީ މާރިކިލުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަ- ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު އަދި ބ. އަތޮޅު ފުލުހުން ގުޅިގެންނެވެ.
މި މަހުގެ 15 ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާރިކިލުން މި ނުވަ މީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު 162 ދަޅު ބަނގުރަލާއި ފަސް ފުޅި ބަނގުރާ އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 12.8 ގުރާމް ހުއްޓެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން ވަފާ ޝަރުތުކުރުމަށް ފަހު ދޫކޮށްލައި އަދި ދެންތިބި އަށް މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.