Last Updated: May 4, 13:48
Sunday, May 4, 2025
ޚަބަރު

ގައުމު އަޑިއަށްދާ ތަން ބަލާކަށް ނުތިބެވޭނެ: ނާޒިމް

މެންބަރު އަހުމަދު ނާޒިމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ހައްގުބަސް ބުނަން ކެރެން ޖެހޭނެ ކަމަށާއި، ގައުމު އަޑިއަށްދާ ތަން ބަލަން ތިބެގެން ނުވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ވާހަކަ ދައްކަމުން ނާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅު ކުރެއްވިޔަސް އަދި ނުކުރެވިޔަސް މާލިއްޔަތު ކޮމިޓީގައި ތިބޭ ކަމަށްވާނަމަ މެމްބަރުން ހައްގު ބަސް ބުނަން ޖެހޭނެ ކަމަށާއި މިހާތަނަށް ފާސްކުރި ހުރިހާ ކަމަކަށް ތާއީދުކޮށް އަދި އެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ތަންފީޒުކޮށްދެއްވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މަސްއޫލިއްޔަތު އަދާވީ ރަނގަޅަށް ދިރާސާކޮށްފައި، އެކަން ރަނގަޅަށް ނިންމީމަ. ދެން ސަރުކާރުގެ ސިޔާސަތުގެ ދަށުން އެކަން ވާން އޮތިއްޔާ ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވާނެ ކަމަށް އަޅުގަނޑުމެން ގަބޫލު މިކުރަނީ،" ދިއްގަރު ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

އޭގެ ބަދަލުގައި މަޖިލިސް މެމްބަރުން، ޓައިޓޭނިކުގެ ޓިކެޓް ވިއްކި މީހާއަށް ވެގެން ނުވާނެ ކަމަށާއި އެގޮތުން ބޯޓު ނުފެތޭނެ ކަމަށް ބުނެ ޓައިޓޭނިކުގެ ޓިކެޓް ވިއްކި މީހާވެސް އެންމެންނަށް ޓިކެޓް ވިއްކިއިރު، އެންމެފަހުން އެ ބޯޓު އަޑިއަށް ދިޔައީ އެންމެންނާއެކު ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެެގޮތަށް އަޑިއަށްދާ ތަން ބަލާކަށް އަޅުގަނޑުމެން ތިބެގެން ނުވާނެ. އަޅުގަނޑުމެންނަށް ކޮންމެ ވެރިކަމެއްގައި ވެސް މި ފެންނަނީ، ވަޒީރުންގެ ގޮތުގައި ވެސް އަރިހުން މި ފެންނަނީ ކުރީގެ ވެރިކަން ނިމުނުއިރު އަތްޖަހަން ތިބި މީހުން،" ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބުނަންވާ އެއްޗެއް ނުބުނެ އޮވެ މިކަން ގޯސްވެގެން ގޮސްގެން ނުވާނެ،"

މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ ދައުލަތުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށާއި، އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ރިފޯމް އޮފީހުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބެލުމަށް ފާސްކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ