Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ފުޓްބޯޅަ ކޯޗިން ކޯހަކަށް ހުޅުވާލައިފި

ފުޓްބޯޅަ ކޯޗިން ކޯހަކަށް ސްޕޯޓްސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިއީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ އޭއެފްސީ "ސީ" ލައިސަންސް ކޯޗިން ކޯހެކެވެ.

މިނިސްޓްރީން ބުނީ އެޕްރީލް މަހުގެ 12-24 އަށް ބާއްވާ ހަމަޖެހިފައިވާ އެ ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 25 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ކޯސް ބާއްވަން ހަމަޖެހިފައި ވަނީ ޅ. ނައިފަރުގަ އެވެ. މުބާރާތާ ބެހޭ އިތުރު މައުލޫމާތު ސްޕޯޓްސް މިނިސްޓްރީގެ 3347396 އިން ހޯދޭނެ އެވެ.