ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަތީ ތަޢުލީމަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި ނިންމައިފި އެވެ.
އިސްލާމިކް ޔުނިވަސިޓީން ރައްޔިތުންގެ މަޖިލީހާ ގުޅިގެން ފަށާފައިވާ މި ޕްރޮގްރާމުގެ ދަށުން ހިންގުމަށް ހަމަޖެހިފައި ވަނީ އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ ކޯހެކެވެ.
އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ އިސްވެރިންނާއި ޔުނިވަސިޓީގެ އިސްވެރިންގެ އިތުރުން ކޯހުގައި ކިޔަވައިދެއްވާ ލެކްޗަރަރުންނާއެކު އެ ޔުނިވަސިޓީގައި ވަނީ އިއްޔެ ޚާއްޞަ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.
އައިޔޫއެމްގައި އޮތް ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ މިފަދަ ކޯހެއް ރަ މަޖިލީހުގެ މެންބަރުންނަށް ހިންގަވައިދެއްވުމަށް އެދިވަޑައިގެންނެވި މައިގަނޑު ބޭނުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ ޢިލްމީގޮތުން ޤާބިލު މެންބަރުންތަކެއް ތިބި އަދި ޢިލްމީ މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހެއްގެ ގޮތުގައި ހެއްދެވުމަށް ބޭނުންފުޅުވާތީ ކަމަށެވެ.
އަދި މިކަމަކީ 20 ވަނަ މަޖިލީސް އިންތިޚާބުވުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒި ވެސް ވަރަށް ބޮޑަށް އެދިވަޑައިގެންނެވި ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މެމްބަރުންނަށް ހިންގާ ކޯހަކޯ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެމްކިއުއޭ) އާއި ރާއްޖޭގެ ބާ ކައުންސިލުން އެކަށައަޅުއްވާފައިވާ ކޮލިޓީ އެޝުއަރެންސް މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކޯހެކެވެ.