Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

މި އަހަރު ހައްޖާޖީންގެ އިސް ޝެއިހަކަށް މުތީއު

ރާއްޖެ އިން މި އަހަރު ޙައްޖަށް ދާ މީހުންނާ އެކު އިސް ޝައިޚެއްގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކަށް ޝައިޚު މުޠީޢު ހަމަޖައްސައިފި އެވެ.

މިކަން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދި ޝަހީމް އަލީ ސައީދެވެ.

ހައްޖާޖީންނާ އެކު ވަޑައިގަންނަވާ އިސް ބޭފުޅަކަށް ހަމަޖެއްސި މުތީއު އަކީ އިސްލާމިކް މިނިސްޓްރީގެ ނައިބެކެވެ. އޭނަ އަކީ ސައުދީ ޢަރަބިއްޔާގެ ގާސިމް ޔުނިވަސިޓީން އިސްލާމީ ޝަރިޔާ އިން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ހައްޖާޖީންނާ އެކު ވަޑައިގަންނަވާ އިސް ޝައިހްގެ އިސް ޝައިޚްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޙައްޖުގެ އަޅުކަމުގައި އެކި ދަރުސްތައް ހައްޖުވެރިންނަށް ދިނުމާއި ދީނީ އެކި މަޢޫލޫމާތުތައް ފޯރުކޮށް ދިނުން ހިމެނެއެވެ. އަދި ޙައްޖު ދުވަހު އަރަފާތު ބިމުގައި ތިބޭއިރު ޙައްޖު ޚުތުބާ ދިވެހި ބަހުން ގެނެސްދެނީ ވެސް އިސް ޝައިޚު އެވެ.

މިދިޔަ އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ މީހުންގެ އިސް ޝައިޚަކަށް ވަޑައިގަތީ ޝައިޚު ޑރ. އާދަމް ޝަމީމެވެ.