Last Updated: April 20, 17:44
Sunday, April 20, 2025
ޚަބަރު

ރޯދަ މަހުގެ ރަސްމީ ގަޑި ކަނޑައަޅައިފި

މި އަހަރުގެ ރޯދަ މަހުގެ މަސައްކަތުގެ ރަސްމީ ގަޑި ކަނޑައަޅައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މި އަހަރުގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑި އާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފަ އިވަނީ، ކުރިއެކޭ ވެސް އެއްގޮތަށް، ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށެވެ.

ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ކަނޑައަޅުއްވައިފައި ވަނީ، ރައީސް އޮފީހުން މާޗް، 6، 2022 ގައި ނެރުނު ދެންނެވުމުންނެވެ.

މި އަހަރުގެ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ދިމާވަނީ އަންނަ މަހުގެ 1 އާ އެވެ.