Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

އީޕީއޭ އިން ޗައިނާއާ އެކު އެއްބަސްވުމެއް

ޗައިނާގެ އޯޝަނޮލޮޖީ އިންސްޓިޓިއުޓާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭ) އާ ދެމެދު ޓެކްނޮލޮޖީ އެއްބާރުލުމުގެ އެެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ތިމާވެށި ރައްކާތެރިކުރުމާއި ކަނޑުގެ ދިރާސާތަކުގައި ޓެކްނޮލޮޖީގެ ރޮނގުން އެއްބާރުލުން ދޭން ހަމަޖެހިފައިވެ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ކަމާ ގުޅޭ ގޮތުން ކުރި ޕޯސްޓެެއްގައި މި އެއްބަސްވުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ބުނެފައިވެ އެވެ. އަދި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ވެށި ދިރާސާކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށް އީޕީއޭ އިން ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ހިންގާނެ ޚާއްސަ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކުގެ އިތުރު ތަފްސީލުތަކެއް ހާމަކޮށްފައެއް ނުވެ އެވެ.