Last Updated: April 20, 17:44
Sunday, April 20, 2025
ޚަބަރު

ދަރިވަރަކާ ބެހުނު ޓީޗަރަކު ސަސްޕެންޑްކޮށްފި

ކުޑަ އަންހެން ދަރިވަރަކާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ ޓީޗަރަކު ސަސްޕެންޑްކޮށްފި އެވެ.

މާލެ ސަރަހައްދުގެ ސްކޫލެއްގައި އިސްލާމް ކިޔަވައިދޭ ޓީޗަރު ސަސްޕެންޑްކޮށްފައި މި ވަނީ އެ މައްސަލަ ފެންމަތިވިތާ މަހެއްހާ ދުވަސް ފަހުން އިއްޔެ ކަމަށް އެނގިފައިވެ އެވެ.ފުލުހުން މައްސަލަ ތަހުގީގުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އިރު، ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އެނގިފައިވެ އެވެ.

ޓީޗަރުން ބެހިފައި ވަނީ 11 އަހަރުގެ ކުއްޖަކާ އެވެ. އަދި އެ ކުއްޖާ އަކީ ޓީޗަރާ އާއިލީ ގޮތުން ވެސް ގުޅުން އޮންނަ ކުއްޖެކެވެ.

މި ފަހަކަށް އައިސް ދަރިވަރުންނަށް ޓީޗަރުންގެ ފަރާތުން ޖިންސީ ގޯނާއާ ކުރިމަތިވުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކޮށްލެވެ އެވެ.